Sunday, August 26, 2007

ފުރިހަމަ ގޮތުގައި އަދާ

ވެރިކަމުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންނާ ހަމައިންނެވެ. ސަރުކާރު ހިންގުމުގައި ކޮންމެ މީހަކު ހުރިކަމުގައިވިޔަސް ސަރުކާރާއި ދައުލަތުގެ ޙަގީގީ ވެރިންނަކީ ހަމަ ރައްޔިތުންނެވެ. ވެރިމީހާއަކީ ރައްޔިތުންގެ ޚާދިމެވެ. މިއީ އަޅުގަނޑުމެންނަށް އައު ވާހަކައެއް ނޫނެވެ. ވީމާ ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވާޖިބެވެ. ރައްޔިތުންގެ މެދުގައި އަމަންއަމާންކަން ގާއިމްކޮށް ސުލްހަ މަސަލަސްކަންމަތީ ދިރިއުޅުމަށްޓަކައި ފިތުނަ ފަސާދަ ނައްތާލާ ރައްޔިތުންގެ އަސާސީ ހައްގުތަށް ހޯދައިދިނުމަކީ ވެރިމީހާގެ (ޙާކިމްގެ) ޒިންމާއެކެވެ. މިސާލަކަށް ހޮޓަލެއްގެ ވޭޓަރުގެ ޒިންމާއަކީ ކަސްޓަމަރުންނަށް ކާތަކެތި ފޯރުކޮއްދިނުމެވެ. ބިލެތް އަރިއާއި ޓިޝޫފަދަ ތަކެތި ފޯރުކޮއްދިނުމެވެ. ކަސްޓަމަރުންނަށް އިޙްތިރާމްކޮށް ރަގަޅު ޚިދުމަތެއް ދިނުމެވެ. ހަމަ މިއުސޫލުން ބަލާއިރު ބުނެވިދިޔަ ކަންތައް ކުރުމުގައި ފަރުވާކުޑަކުރެވޭނަމަ ނުވަތަ ނުކޮއްދެވޭނަމަ، ވޭޓަރުމީހާ ހޮޓަލުން ބޭރުކުރެއެވެ. ހަމަ މިއުސޫލުން ވެރިމީހާ ރައްޔިތުންނަށް ދޭންޖެހޭ އެއްވެސް ޚިދުމަތެއް ފުރިހަމަ ގޮތުގައި އަދާ ނުކުރެވިއްޖެނަމަ އޭނާވެސް ބޭރުކުރެވެންޖެހޭނެއެވެ.

Tuesday, May 22, 2007

Hello

Welcome to my personal pages! Thanks for visiting. Get your views,

Hello

Welcome to my personal pages! Thanks for visiting. Get your views,